މާލޭގެ މަގުމަތިން ހިނގާލާފައި ދާއިރު ނުވަތަ ކޮފީއަކަށް އަރާލާއިރު، މިހާރު އެންމެ އާންމުކޮށް ފެންނަ އެއް ހިތްގައިމު މަންޒަރަކީ ތަފާތު ރީތި ޑިޒައިންތަކުގެ އަބާޔާ ލައިގެން ތިބޭ ކުދިންނެވެ. މިހާރުގެ ފެޝަން ޓްރެންޑަށް ބަލާއިރު އަބާޔާއަކުން އެފެންނަ "އެލަގަންޓް" އަދި މޯޑެސްޓް ލުކް، އެހެން އެއްވެސް ހެދުމަކުން ނުވެސް ފެނެއެވެ. ކުރިން ގަޔަށް ބާރު ޖީންސާއި ޓީޝާޓް ލައިގެން އުޅުނު ކުދިންވެސް  މޯޑެސްޓް އަބާޔާ ސްޓައިލަށް ބަދަލުވުމުން، އިތުރު ފުރިހަމަކަމަކާއި، ހިތްގައިމުކަމެއް ގެނެސްދެއެވެ. އަދި މާ އެޓްރެކްޓިވް ހެންވެސް އެބަ ހީވެއެވެ.

އަބާޔާއަކީ ހަމައެކަނި ނިވާވެލަން ލާ އެއްޗެއްގެ ގޮތުގައި އޮތް ޒަމާންވީ އާދަ މިހާރު މުޅިން ބަދަލުވެ، މޮޑެސްޓް ފެޝަންގެ އެންމެ ކުރީގައި އަބާޔާ މިއަދު ގަދަކޮށްލައިފިއެވެ. މިހާރު އާންމު ދުވަސްތަކުގައި ވަޒީފާއަށް ނުވަތަ ބޭރަށް ދިއުމުގެ އިތުރުން، ޕާޓީތަކަށާއި ޚާއްސަ ރަސްމީ އިވެންޓްތަކަށް ދާންވެސް އެންމެ ފުރަތަމަ ހޯދާލެވޭ ހެދުމަކީ ރީތި، ސްޓައިލިޝް އަދި ޒަމާނީ އަބާޔާއެކެވެ.

މިއަދު މިއީ ހަމައެކަނި ފެޝަނެއް ނޫނެވެ. މިއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި މޯޑެސްޓީ ރަމްޒުކޮށްދޭ ރީތި ހެދުމެކެވެ. ސިފައެކެވެ. ރަމްޒެކެވެ.

އެހެންވީމާ، މާލޭގައި އެންމެ ޓްރެންޑީ، ކޮލިޓީ ރަނގަޅު ފެންވަރުގެ ފެބްރިކްސް އަދި އަތްފޯރާ އަގުތަކުގައި އަބާޔާ ހޯދާނީ ކޮން ތާކުން ހެއްޔެވެ؟ މިއީ އަހަރެންގެ އަމިއްލަ ތަޖުރިބާއިން ތައްޔާރުކޮށްލާފައިވާ ޚާއްސަ ރެކޮމެންޑޭޝަންތަކެކެވެ. މާލޭގެ ފެޝަން މާކެޓްގައި ބޮޑު މަޤުބޫލްކަމެއް ހޯދާފައިވާ، އަންހެންކުދިންގެ މެދުގައި މަގުބޫލު އެންމެ ސަޅި އަދި ޓްރެންޑީ ބްރޭންޑްތަކުގެ ވާހަކަ ތިރީގައި މި ކިޔައިދެނީއެވެ.

ލައިބާ

މާފަންނު ބިސްބުރު ކައިރީގައި ހުންނަ ލައިބާއަކީ މާލޭގެ މޮޑެސްޓް ފެޝަން މާކެޓުގައި އެންމެ ނަން ހިނގާ އެއް ބްރޭންޑެވެ. އަބާޔާގެ އިތުރުން އާންމު ހެދުންތަކާއި ޕާޓީ ޑްރެސްތައްވެސް މިތަނުން ލިބެން ހުރެއެވެ. ލައިބާގެ އަބާޔާތަކުން ފެންނާނީ ވަރަށް "ސޮފްޓް"، "ފެމިނިން" އަދި ޒަމާނީ ލުކެކެވެ.

ޚާއްސަކޮށް ޕްލީޓެޑް ޑިޒައިންތަކާއި، ކްރިސްޓަލް އަދި ރަފަލްސް ހުންނަ އަބާޔާތައް ވަރަށް ސަޅިއެވެ. މި ހެދުންތަކުގައި ބޭނުންކޮށްފައި ހުންނަނީ ފެންވަރު ރަނގަޅު، އޮމާން އަދި ގަޔަށް ފަސޭހަ ސިލްކާއި ފެބްރިކެވެ. އަގުތައް އާންމުކޮށް އުޅެނީ 900 އާއި 1,200 ރުފިޔާއާ ދެމެދުގައެވެ.

ތަންކޮޅެއް ޕްރިމިއަމް ކޮލިޓީއަކަށް ދިޔަސް، ފެންވަރާއި ޑިޒައިންގެ ފުރިހަމަކަމަށް ބަލާއިރު އަގު ދެރައެއް ނޫނެވެއެވެ.

އަބާޔާ ހައުސް

އަބާޔާ ހައުސްއަކީ އަބާޔާ ވިޔަފާރީގައި ފުދޭވަރަކަށް ދުވަސްވީ، އިތުބާރު ހޯދާފައިވާ ނަމެކެވެ. މާލޭގެ ފެޝަން މާކެޓަށް ލަގްޒަރީ މޮޑެސްޓް ވެއާ ގެނެސްދިނުމުގައި މިއީ ފާހަގަކޮށްލެވޭ އޮންލައިން ފިހާރައެކެވެ.

އާދައިގެ ރީތި ކަޅު އަބާޔާގެ އިތުރުން، ބީޑްސް އާއި އެމްބްރޮއިޑަރީ އަބާޔާތައް މިތަނުގައި ވަރަށް ޚާއްސައެވެ. ކޮންމެ ކަހަލަ މުނާސަބަތަކަށްވެސް ގުޅޭނެ ގިނަ ވައްތަރުގެ ކަލެކްޝަން މިތަނުން ލިބެންހުރެއެވެ. މިތަނުގެ އަބާޔާތަކުގައި ލުއި ޝިފޯން މެޓީރިއަލް ބޭނުންކޮށްފައި ހުރުމުން ވަރަށް "ރޯޔަލް" ދުބާއީ ސްޓައިލް ލުކެއް ގެނެސްދެއެވެ.

އާންމު އަބާޔާތައް 600 އާއި 900 ރުފިޔާއާ ދެމެދުގެ އަތްފޯރާ އަގުތަކުގައި ލިބެން ހުރެއެވެ. ނަމަވެސް، އެމްބްރޮއިޑަރީ ހުންނަ ޕްރިމިއަމް ކަލެކްޝަންތަކުގެ އަގު ކުޑަކޮށް މައްޗެވެ.

ރިދެލީ ކްލޯތިން

އޮންލައިންކޮށް އަބާޔާ ގަންނަން ބޭނުންވާ ކުދިންގެ މެދުގައި އެންމެ މަޤުބޫލު އެއް ބްރޭންޑަކީ ރިދެލީއެވެ. އޮފީހަށް ދާއިރު ނުވަތަ އާންމުކޮށް ބޭރަށް ނުކުމެލާއިރު ލާން އެންމެ އަރާމު އަބާޔާ މިތަނުން ލިބޭނެއެވެ.

ކާޑިގަން ސްޓައިލަށް ހުންނަ އޯޕަން އަބާޔާތަކާއި، އާދައިގެ ސިމްޕަލް ކަޓްތަކުގެ އަބާޔާ ހޯދަން ބޭނުންނަމަ ރިދެލީއަކީ އެންމެ ސަޅި އެއް ޗޮއިސްއެވެ. ޒުވާނުންގެ މެދުގައި މިއީ ވަރަށް "ޓްރެންޑީ" ލުކެކެވެ.

ރާއްޖޭގެ ހޫނު މޫސުމަށް އެންމެ ގުޅޭ ލުއި ލިނެން އަދި ކޮޓަން މެޓީރިއަލް ބޭނުންކޮށްފައި ހުރުމުން ލައިގެން އުޅެން ވަރަށް ފިނިވާނެއެވެ. 400 އާއި 1,000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި މިތަނުން ވަރަށް ރީތި އަބާޔާ ލިބޭއިރު، ޑިޒައިންއާއި ފެންވަރަށް ބަލާއިރު މިއީ ވަރަށް "ބަޖެޓް-ފްރެންޑްލީ" ތަނެކެވެ.

ޗިއަރާ

ގުމްރީ ގޯޅީގައި ހުންނަ ޗިއަރާއަކީ ސިންޕަލް ކޮންމެ ދުވަހަކުވެސް އޮފީހަށް ނުވަތަ އާންމު ކޮށް އުޅޭއިރުވެސް ލެވޭ ސިންޕަލް އަބާޔާ ސްޓައިލްތަކަށް  ލޯބިކުރާ ކުދިންގެ މެދުގައި މަގްބޫލު، ތަފާތު ޑިޒައިންތަކެއް ގެނެސްދޭ ލޭބަލެކެވެ. މޮޑެސްޓް ވެއާގެ އެންމެ ފަހުގެ ޓްރެންޑްތައް މިތަނުން ފެންނާނެއެވެ.

މިހާރުގެ ޓްރެންޑެއް ކަމަށްވާ ސިމްޕަލްކޮށް ހެދުން ހުރެފައި  އަތުކުރީގައި ސަޅި އެމްބްރޮއިޑަރީ ހުންނަ ވައްތަރުތަކާއި، ހިތްގައިމު ކަޓުތަކުގެ އަބާޔާ މިތަނުން ލިބެއެވެ. އާންމުކޮށް ބޭނުންކޮށްފައި ހުންނަނީ ނިއުޓްރަލް އަދި "އާތީ" ކުލަތަކަށްވާތީ، މިއީ އޮފީހަށް ދާއިރު ނުވަތަ އާންމުކޮށް ބޭރަށް ނުކުމެލާއިރު ލައިގެން އުޅެން ވަރަށް "ކްލާސީ" ލުކެއް ގެނެސްދޭނެ އެއްޗެއްސެވެ.

ސޮފްޓް ނިދާ އަދި ލިނެން މެޓީރިއަލް ބޭނުންކޮށްފައިވާތީ މުޅި ދުވަހު ލައިގެން އުޅުނަސް ވަރަށް އަރާމުވާނެއެވެ. މި އަބާޔާތައް އުޅެނީ 700 އާއި 1,100 ރުފިޔާއާ ދެމެދުގެ މެދު ފަންތީގެ އަގުތަކެއްގައެވެ.

ބަޔާލް

ސިމްޕަލް، "މިނިމަލިސްޓިކް" އަދި އެހާމެ އެލަގަންޓް ޑިޒައިންތަކަށް ލޯބިކުރާ ކުދިންނަށް ބަޔާލްއަކީ ހަމަ  އެންމެ ސަޅި އެއް ބްރޭންޑެކެވެ. މިތަނުގެ އަބާޔާތަކުން ބޮޑަށް ފެންނާނީ ވަރަށް ސާދާ، ނަމަވެސް މޮޑާން ކަޓްތަކެވެ. މިއީ ޓީނޭޖް އަބާޔާ ލާ ކުދިންނާއި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ހޯދާފައިވާ، ސްޓައިލިޝް އަބާޔާ ލިބޭ ފިހާރައެކެވެ.

ޒަމާނީ ފަހުގެ ކަޓްތަކާއި، ލޯބި އަދި އެހާމެ ފަސޭހައިން ލައިގެން އުޅެވޭނެ ޑިޒައިންތައް މިތަނުގައިވެސް ގިނައެވެ. ރައްޓެއްސާއެކު ކޮފީއަކަށް ދާން ނުވަތަ ދަތުރެއް ދާން ލައިލަން މިއީ އެންމެގަޔަށް ފަސޭހަ ކަމުދާނެ ސްޓައިލްތަށް މިތާހުރެއެވެ.

މިއީ ލުއި، ސޮފްޓް އަދި ދޮވެލައިގެން އިސްތިރިކުރަންވެސް ފަސޭހަ ފެބްރިކްސް ގިނަ އަބާޔާތަށް ހުރި ތަނެކެވެ.އަގުތައް އުޅެނީ 500 އާއި 1000 ރުފިޔާއާ ދެމެދުގެ އަތްފޯރާ އަގުތަކެއްގައެވެ.

ނަލަ މޮޑެސްޓީ

ނަލަ މޮޑެސްޓީއަކީ މޯޑެސްޓް ފެޝަނަށް އިސްކަންދޭ، ނަމަވެސް "އެލެގެންޓް" އަދި "ފުލް ކަވަރޭޖް" ސްޓައިލްތަކަށް ލޯބިކުރާ ކުދިންނަށް ވަރަށް ހާއްސަ އޮންލައިން ފިހާރައެކެވެ. މިތަނުން އެންމެ ފާހަގަކޮށްލެވެނީ "ބަޓާފްލައި" އަބާޔާތަކާއި، "ފްލެއާޑް" އަބާޔާތަކެވެ.

އާންމުކޮށް ލާ އަބާޔާގެ އިތުރުން، ޕާޓީތަކާއި ހާއްސަ އިވެންޓްތަކަށް ލާން ގުޅޭނެ އެމްބްރޮއިޑަރީ އަދި ލޭސް ޖަހާފައިވާ "ޕްރިމިއަމް" ދުބާއީ ސްޓައިލް އަބާޔާތައްވެސް މިތަނުން ލިބެން ހުރެއެވެ. މިތަނުގެ ކަލެކްޝަންތަކުން ފެންނާނީ ވަރަށް "ޓްރެންޑީ" އަދި ޔުނިކް ޑިޒައިންތަކެވެ.

ހާއްސަކޮށް "އޯވާސައިޒްޑް" ކަޓްތަކާއި، "އޯޕަން-އަބާޔާ" ކާޑިގަން ސްޓައިލްގެ އިތުރުން އަތުކުރި އެމްބޮރޮއިޑަރީ ސްޓައިލްގެ އަބާޔާތަށް ލިބެން ހުރެއެވެ. ޑިޒައިންތައް 600 ރުފިޔާއިން ފެށޭއިރު، ހެވީ ޑިޒައިންތަކާއި ޕްރިމިއަމް ކަލެކްޝަންތަކުގެ އަގު 1,200 ރުފިޔާއަށްވުރެ މައްޗަށް ދެއެވެ.

ޙަޔާތް

ޙަޔާތް އަކީ މޮޑެސްޓް ފެޝަންއަށް ލޯބިކުރާ، ކުޑަކޮށް "ގްރޭންޑް" ނުވަތަ އެލެގެންޓް ގޮތަކަށް ހުންނަން ބޭނުންވާ ކުދިންގެ އެންމެ ސަޅި އެއް އޮންލައިން ބްރޭންޑެވެ. މި ބްރޭންޑްގެ އަބާޔާތަކުން ވަރަށް ބޮޑަށް ޝާހީ އަދި ހިތްގައިމު ކުލަތަކެއް ފެންނާނެއެވެ.

އާދައިގެ ދުވަސްތަކަށްވުރެ ބޮޑަށް ޕާޓީތަކަށާއި، ކައިވެނި ހަފުލާތަކަށާއި، އަދި ޚާއްސަ މުނާސަބަތުތަކަށް ލައިގެން ދާން މިއީ އެއްވަނައެވެ. ހައި-އެންޑް ސިލްކް، ލޭސް އަދި ޕްރިމިއަމް މެޓީރިއަލް ބޭނުންކޮށްފައި ހުންނައިރު އަގުތައް އުޅެނީ 800 އާއި 1,500+ ރުފިޔާއާ ދެމެދުގައެވެ.

ކުޑަކޮށް ޚަރަދުކޮށްލައިގެން ލަގްޒަރީ ލުކެއް ހޯދަން ބޭނުންނަމަ ޙަޔާތް މީ އެންމެ ފުރިހަމަ ޗޮއިސްއެވެ.

އަބާޔާއެއް ހޯދާއިރު ހަމައެކަނި ރީތި ޑިޒައިނަކަށް ނުވަތަ ބޭރުން ފެންނަ ކުލައަކަށް ބެލުމުގެ އިތުރުން، ރާއްޖޭގެ ހޫނުގަދަ މޫސުމަށް ބަލައި، ދުވާލާ ރޭގަނޑުވެސް ލައިގެން އުޅެން ފަސޭހަ، ފިނި އަދި ހަށިގަނޑަށް އަރާމު މެޓީރިއަލްއެއް (މިސާލަކަށް ކޮޓަން، ނުވަތަ ލިނެން ފަދަ) އިޚްތިޔާރު ކުރުމަކީ މުހިންމު ކަމެކެވެ.

ކޮންމެއަކަސް، ޚާއްސަ ކައިވެނި ޕާޓީއަކަށް ނުވަތަ އާންމު ދުވަހެއްގެ އޮފީހަށް ނުވަތަ ބޭރަށް ނުކުމެލަންވިޔަސް، އަދި ޚާއްސަ ޑޭޓަކަށް ދާންވިޔަސް، މާލޭގައި މިހާރު ހުރި ތަފާތު ގިނަ އޮޕްޝަންތަކާއެކު އަބާޔާ ލައިގެން ޒަމާނީކޮށް، ސްޓައިލިޝްކޮށް އަދި އެލަގަންޓްކޮށް ހުރުމަކީ މިހާރު އެއްވެސް އުނދަގޫ ކަމެއް ނޫނެވެ.

މީގެ އިތުރުން، މުޅި "ލުކް" އިތުރަށް ފުރިހަމަކޮށްލުމަށްޓަކައި އަބާޔާއާއެކު ސަޅި ސްނީކާސް، އާދައިގެ ސިމްޕަލް ފައިވާނެއް ނުވަތަ ގުޅޭ ކަހަލަ ހޭންޑްބޭގް/ކްލަޗް ބޭނުންކޮށްލުމުން އިތުރު ފުރިހަމަކަމެއް އަދި ޓްރެންޑީ ގޮތެއް ގެނެސްދޭނެއެވެ. 

މިއިން ކޮންމެ ފިހާރައަކުންވެސް ތަފާތު ރޭންޖުތަކުގެ ޑިޒައިންތައް ލިބެން ހުރުމާއެކު، ތިމާގެ އަމިއްލަ ސްޓައިލާއި،އަދި ކަނޑައަޅާފައިވާ ބަޖެޓަށް އެންމެ ކަމުދާ ތަނެއް ހޮވާލައިގެން ގުޅޭގޮތަށް އަބާޔާ ލައިގެންވެސް މިހާރު ހަމަ ވަރަށް ސަޅިކޮށް ހުރެވިދާނެއެވެ.